އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހިތަދޫ ސްކޫލުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 145 ލިޓްލް މެއިޑް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވި ބޭނުން ކުރާނެގޮތް ފަދަ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވެއެވެ.

އަދި، މި ސެޝަނުގައި، ދަރިވަރުންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފަވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ކުލާހުގައި ކިޔަވައިދިނީ، މި ދާއިރާއިން އިލްމާއި ތަމްރީނު ލިބިފައިވާ ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.