އޮކްޓޫބަރު 7 ގައި އިޒްރޭލުގެ ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 200 އަށް ވުރެގިން ސިއްހީ މުވައްޒަފުން ޝަހީދު ވެއްޖެއެވެ.

ފަލަސްތީނނުގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ޣައްޒާގައި ޝަހީދުވެގެންދިޔަ ސިއްހީ މުވައްޒަފުން ތެރޭގައި ޑޮލްޓަރުންނާއި ނަރުހުން އަދި ޕެރެމެޑިކްސް ހިމެނެއެވެ. ފާއިތުވެދިޔަ މަހުގައި ޣައްޒާގެ 25 ހޮސްޕިޓަލާއި 52 ސިއްހީ މަރުކަޒުވަނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހިދުމަތް ނުދެވި ހުއްޓިފައެވެ. މީގެ އިތުރުން 55 އެންބިއުލާންސް އުޅަދު އިޒްރޭލުން ވަނީ ބޮން އަޅާ ގޮއްވާލާފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާހަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަހީދުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 12000 އާ ގާތް ކޮށްފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނެވެ.