އެމެރިކާގެެ ރައީސް ޖޯ ބައިޑެން, ޣައްޒާ ހިޞާރުކުރުން ވާނީ ބޮޑު ކުށަކަށް ކަަމަށް ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން މިހެން ވިދާޅުވީ ސަން ފްރެންސިސްކޯގައި ބޭއްވި ކޮންފަރެންސެއްގައި އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހުއާ މުހާތަބު ކުރައްވަމުންނެވެ. ބައިޑެން ވިދާޅުވީ އިޒްރޭލުންނަށް ޣައްޒާ ހިފުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ސާފު ކޮށްދީފައި ވާނެ ކަމަށެވެ. އަދި މިކަމުގެ ހައްލަކީ ހަމަ "ޓޫ ސްޓޭޓް ސޮލިއުޝަން" ކަމަށެވެ.

ނަތަންޔާހު ވަނީ ޣައްޒާ ހިފުމަށް އިޒްރޭލުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮންމެސް ވަރަކަށް ޣައްޒާ ހިފުމަށް ވިސްނުން ހުރި ކަމަށް ވެސް ނަތަންޔާހު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 12000 އާ ގާތް ކޮށްފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.