އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަން ކުރި މައްސަލަ ދަ ޑިމޮކްރެޓްސް އިން އިންތިިހާއަށް ކުއްވެރިކޮޮށްފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގައި ގެއްލުނު ފައިސާ ހޯދާނެ ކަމަށް ވިދާޅުވެފައިވާ ވާއިރު އެ ދާއިރާއިުން ކުޑަވެސް ކާމިޔާބެއް ހޯދިފައި ނެތް ތާގައި، އަދީބާއި ޒިޔަތު މިނިވަން ކުރުމަކީ ވަކިވަމުންދާ ސަރުކާރުގެ ކިބައިގައި ދިވެހިރައްޔިތުންގެ ހައްގުތަކަށް ކުޑަވެސް އިހްތިރާމެއް ނެތް ކަމުގެ ދަލީލެއް ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް އިން ވިދާޅުވެފައިވަނީ އަދީބާއި ޒިޔަތު މިނިވަން ކުރަން ނިންމި ނިންމުމަކީ ގައުމުގެ މަސްލަހަތާއި ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމަކީ ރައީސް ޖުމްހޫރިއްޔާގެ މަގާމާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ވެސް ޑިމޮކްރެޓްސް އިން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ވަނީ ކުރިއަށް އޮތް ސަރުކާރުން ރައީސް ސޯލިހުގެ މި ނިންމުމުގެ ފަހަތުގައި ކިހާވަރެއްގެ ހިޔާނާތުގެ ފައިސާއެއް ވޭތޯ ބެލުމަށް ގޮވާލާފައެވެ. އަދި ދިވެހިރާއްޖޭގެ މަސްލަހަތު މައްޗައް ދެ މުޖުރިމަކަށް އެންމެ ލުއިގޮތް އިިސްކުރުމުގައި ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ނުފޫޒާބާރު، ފައިސާގެ މަގާމުގެ މުއާމަލާތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.