މާލޭގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މާދަމާރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ހަވާ އެރުވުން އޮންނާނީ މާދަމާރޭ 9:00 ގައި އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އަދި ގާތް ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިން ރާއްޖެ ވަޑައިގަންނަން މިހާރު ވަނީ ފައްޓަވާފައެވެ.