ދިވެހިރާއްޖޭގެ އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވައިފައިވާ އެމަނިކުފާނުގެ ކެބެނިޓު މެމްބަރުން ޤާނޫނީ ހުވައި ކުރެއްވުމާއި މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މިރަސްމިއްޔާތު އޮންނާނީ މިރޭ 7:45 ގައި ރައީސް އޮފީހުގައި ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށް ފަހު ރައީސް އޮފީހުގެ އެންމެ އިސް މަގާމްތަކަށް އައްޔަން ކުރައްވ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން ވެސް މިރޭ އޮންނާނޭ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ. އެ ރަސްމިއްޔާތުގައި ބޭރުގެ އިއްޒަތްތެރިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވާނެއެވެ.