ފަލަސްތީނަކީ އިސްލާމީ އެތައް ޒައީމުންނެއް އެ ބިމަށްޓަކައި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ފަލަސްތީނަކީ އެތަށް ނަބީ ބޭކަލުންނަކާއި, ރަސޫލު ބޭކަލުންނެއް ދިރިއުޅުއްވި ބިމެއް ކަމަށާއި ސަލާމަތްލެއްވި އިބްރާހީމްގެފާނާއި, އިސްހާގުގެފާނާއި, ޔައުގޫބްގެފާނާއި, ޔޫސުފްގެފާނާއި, ލޫފުތުގެފާނާއި, ދާވޫދުގެފާނާއި, ސުލައިމާނުގެފާނާއި, ޒަކަރިއްޔާގެފާނާއި, ޔަޙްޔާގެފާނާއި, އީސާގެފާނު އުޅުއްވި އެ ބިމުގައި ކަމަށެވެ.

އަދި ކިީރިތި ޤުރްއާނުގައި ނަންގަނެވިގެން ނުވާ އެތަށް ނަބީންނަކާއި ރަސޫލުންނެއް ވެސް އެ ބިމުގައި އުޅުއްވި ކަމަށާއި އިޒްރާއީލްގެ ޔަހޫދީން އައްޒާއަށް އަޅަމުންދާ ނުރައްކާތެރި ބޮންތަކުގެ ސަބަބުން, ކޮންމެ ދިހަ މިނެޓަކުން ކުޑަކުއްޖެއް ޝަހީދުވާ ކަމަށް ހުތުބާގައި ބުންޏެވެ.

އެބައިމީހުން ވަނީ, އައްޒާގެ ގެދޮރާއި, ކަރަންޓު ވިިއުގަތަކުގެ އައްޑިހަ ޕަސެންޓު ސުންނާފަތި ކޮށްފައި ކަމަށާއި ފަލަސްތީނަކީ އިސްލާމީ ބޮޑެތި ޢިލްމުވެރީންގެ ޢިލްމީ ފޮތްތަކާއި ބޮޑެތި މަދަރުސާތަކުން ޒީނަތްތެރިވެފައިވާ ތަނެއް ކަމަށް ހުތުބާގައި ބުންޏެވެ.