ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތަކުގައި ޣައްޒާގެ ދެކުނުގައި ޢުދުވާން މިހާރަށްވުރެ ފުޅާ ކުރަން ތާއީދުކޮށް ސަހްޔޫނީ އިޒްރޭލުގެ "ވޯ ކެބިނެޓް" ގެ ދެ މެމްބަރަކު ވާހަކަ ދައްކައިފިއެވެ.

ޣައްޒާގެ ދެކުނު ސަރަހައްދަކީ އިޒްރޭލުން އެސަރަހައްދަށް ހަމަލާ ނުދޭނެ ކަމަށް ބުނުމުން، ޣައްޒާގެ އުތުރުން މިލިޔަނެއްހައި ރައްޔިތުން މިދިިޔަ މަހެއްހައި ދުވަހުގެ ތެެރޭގައި ބަދަލުވެފައިވާ ސަރަހައްދެކެވެ. އިޒްރޭލުން މިދިޔަ މަހުުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތަކުގައި މެދުނުކެނޑި ބޮމާއި މިސައިލް އަދި އެއްގަމު މަގުންނާއި ކަނޑު މަގުން މަިއގަނޑު ގޮތެއްގައި ހަމަލާ ދެމުން އަންނަނީ ޣައްޒާގެ އުތުރަށެވެ.

އިޒްރޭލުން ރޭގެ ވަގުތެއްގައި ވަނީ ޣައްޒާގެ ދެކުނު ދޫކޮށް ދިޔުމަށް އަންގައި ލީފްލެޓްތަކެއް ޚާން ޔޫނިސް އެކި ސަރަހައްދުތަކަށް އަޅާފައެވެ. ޣައްޒާގެ ދެކުނުގައި މިވަގުތު ތިބި ދެމިލިޔަނެއްހައި މީހުން އެސަރަހައްދުން އެހެން ތަނަކަށްދާން އިޒްރޭލުން މަޖުބޫރުކޮށްފިނަމަ އެކަން ވެގެންދާނީ މުޅި ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އިޒްރޭލުން ހިންގާ ޖަރީމާ މުޅި ދުނިޔެއަށް ހާމަވެގެންދާނެ ކަމަށެވެ.

ޓެރަރިސްޓް އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާނުގައި މިހާތަނަށް ބާރަހާހަށްވުރެ ގިނަ މީހުން ވަނީ ވަނީ ޝަހީދު ކޮށްލާފައެވެ. އިޒްރޭލުގެ ޢުދުވާން ހުއްޓުވުމުގައި އދ. އާއި އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާ ވަނީ ނުކުޅެދިފައެވެ.