ގައުމު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ނަންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދަރަނި 119 ބިލިއަނަށް އަރާފައިވާ ކަމަށާއި މިކަމުން އަރައިަގަތުމަށް އިގުތިސާދަށް އަވަސް ފަރުވާ ބޭނުންވާ ކަމަށެވެ.

މިހާތަނަށް އައިއިރު ދުވަހަކުވެސް ދިވެހިރާއްޖެ ނުވެއްޓޭ އަނދަވަޅެއްގެ ތެރެއަށް ރާއްޖެ ވެއްޓިފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ ވެއްޓިފައިމިވާ އިގްތިސާދީ އަނދަވަޅުންސަލާމަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.