ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެ ރައީސް ސާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ދިވެހިޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އިޚްލާސްތެރި މަރުޙަބާއެއް ދަންނަވަން،" ކަމަށެވެ.

އޭގެ އިތުރަށް މިފަށާ ވެރިކަމުގެ އައު ދައުރުގައި ޑރ. މުޢިއްޒަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިހާ ވާދަކުރައްވައި ވިއްސަކަށް ހާސް ވޯޓުގެ ތަފާތަކުންނެވެ.