ތަހުޒީބު މުޖުތަމަޢު ތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުޙަބާ ކިޔުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ، ކޮންމެ ޤައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް،" ކަމަށެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ނާއިބު ޙުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވައި ކުރެއްވި ދުވަހެވެ. އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް ރައީސް ސާލިހު ވަނީ މަރުހަބާ ވިދާޅުވެފައެވެ.