ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ގައުމަށް ކޮށްދެއްވި ޚިދުމަތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ޝުކުރު ދަންނަވައިފިއެވެ.

އިލްހާމް ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ވެރިކަމުގައި ވަނީ ގައުމަށް އަމާންކަމާއި ހަމަޖެހުން ގެނެސްދެއްވައިފައި ކަމަށެވެ. އޭގެ އިތުރުން ގައުމަށް ތަރައްޤީ އާއި ތަމައްދުން ގެނެސްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ވަކިން ޚާއްސަކޮށް ކޮވިޑް-19 ގެ އާލަމީ ވަބާގެ ޙައްޞާސީ ދަނޑިވަޅުގައި ގައުމު ބަނޑަށް ޖެހުނަނުދީ، އިޤްތިޞާދު ހިފަހެއްޓެވުމަށް އެޅުއްވި ހިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުން އަވައްޓެރީންނަށް ޖެހުނު ދަތުރު ނުޖެހި ދިވެހީން ސަލާމަތްވި،" އިލްހާމް ވިދާޅުވިއެވެ.

ރައީސް ސާލިހުވަނީ ރިޔާސީ ދައުރުގައި އަދި އިންތިހާބަށްފަހުވެސް ކެތްތެރިކަމާއި، މަޑުމައިތިރިކަމާއި، ހިކުމަތްތެރިކަމާއި ހިތްތިރިކަމުގެ މިސާލެއް ދައްކަވައިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.