މާދަމާ އިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

އެޗްޕީއޭ އިން ބުނީ ސިނަމާތައް ހިންގުމާއި، ސިނަމާ ހޯލްތައް ބޭނުންކުރުމުގެ އުސޫލުގެ ދަށުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މާދަމާ އިން ފެށިގެން ހުޅުވައި ލުން އެންމެ ރަނގަޅު ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސިނަމާތަކާއި ތިއޭޓަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު 30 ވަނަ ދުވަހު އެވެ.

އަލުން ސިނަމާތަައް ހުޅުވާލުމުގެ ހުއްދަ ދިން އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވަނީ މާޗު 16 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވެ، އާންމު ހާލަތަށް ރުޖޫއަވުމާއެކު ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ.