އިލްމީދިރާސާތައް ގިނަކުރައްވައި އާންމު ކުރެއްވުމަށް އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޢިލްމުވެރީންނާއި ޢިލްމީ މުއައްސަސާތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ ސަރުކާރު ހިންގުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. "އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހިކޮށްދޭނަން. އަޅުގަނޑު ބޭނުންވާ ގޮތަކީ، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، އެކަމުގެ ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ބޭފުޅުން ކަމަށެވެ. "އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރައީސް ވިދާޅުވިއެވެ.