ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުުއިއްޒު ބޭފުޅުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ. އެ ބޭފުޅުން މަގާމްތަކަށް ޢައްޔަން ކުރައްވައި ފަތްކޮޅު ދެއްވާފައިވަނީ އެ ކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަން ކުރެއްވި ބޭފުޅުން:

- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް

- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް ރައީސް ވަނީ ބޭފުޅުން ޢައްޔަންކުރައްވާފައެވެ.

އެބޭފުޅުންނަކީ:-

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީ

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް

- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަންކުރެއްވި ބޭފުޅުންނަކީ:-

- ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން

- ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތު

- ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު އެވެ.