އޭޖީ އޮފީހުގެ ބިލް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއީ ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލާ ބިލެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަަށް ތައާރަފުކުރުމެވެ.
އެބިލުގައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ ހަމަތަކާއި އުސޫލުތައް އަދި މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑު ވެސް ކަނޑައަޅާފަ އެވެ.