ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާއަކީ އުމުރުން 86 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 51 ވަނަ މީހާ އެވެ.

އެ މީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:27 ހާއިރުގަ އެވެ.

މިވަގުތު މި ބަލި ޖެހިފައި ތިބި 1015 މީހުން ރާއްޖޭގައި ތިިބި އިރު އޭގެ ތެރެއިން 77 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެންމެ ގިނައިން ކޭސްތައް އިތުރުވަމުން އަންނަނީ ރިސޯޓްތަކުގަ އެވެ.