ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ސަރުކާރުގެެ އިސް ބައެއް މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީީ ސްޓޭޓު މިނިސްޓަރ ފެންވަރުގައެވެ. މި މަގާމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރީން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި ކުރައްވައިފައެވެ. ‏

މީގެ އިތުރުންވެސް ރައީސް ވަނީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޒިމް އިބްރާހީމް އައްޔަަންކުރައްވައިފައެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރ ފެންވަރުގައެވެ.

މީގެ އިތުރުން ހަތަރު ބޭފުޅަކުވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފައެވެ. އެބޭފުޅުންނަކީ:

  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙަހައްމަދު ފަހުމީ ޙަސަން
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް އާމިރު
  • ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް
  • ކޮމިޝަނަރ އޮފް ޕްރިޒަންސް- ހަސަން ޒަރީރު އެވެ.