ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިއަދުން ފެށިގެން ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ރާއްޖެ އަންނަ ފަރާތްތަކާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ފުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ނިންމާފައިވާ ކަމަށެވެ.

މި ފޯމު ފުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަށް ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖެ އަށް އަންނަ އަދި ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އިތުރުން ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް މި ފޯމު ފުރަން ޖެހެއެވެ.

ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގައެވެ. އަދި މާޗު 14، 2021 އިން ފެށިގެން މި ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސިއެވެ.