ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް އެދި ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭން ނިންމާފައިވާ ކަަމަށެވެ.
އެގޮތުން މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހު 30 ވަނަ ދުވަހު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިވަޑައިގަންގަފައެވެ.
އަދި ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށްވެެެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިގޮތުން އެ މިނިސްޓްރީން ވަނީ މި އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެދިވަޑައިގަންފައެވެ.