ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، "ހަފްތާ 14″ ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާ ވެސް ވަނީ ކުރައްވާފަވެ.

ފޮޓޯ: ރައީސްއޮފީސް

'ހަފްތާ 14′ ގައި ޖުމްލަ 161 ވައުދު ހިމެނެއެވެ. އޭގެ ތެރެއިން އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނެނީ 61 ވައުދުތަކެވެ.

މި ބައްދަލުކުރެއްވުމުގައި، ވަޒީރުން ވަނީ އެބޭފުޅުންގެ ވުޒާރާތަކުން 'ހަފްތާ 14′ ތަންފީޒުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.