ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ދަނީ، ހައިނާން ޖަޒީރާގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ދުއްތުރާ ކުރަން ފަށާފައެވެ. ހައިނާންގައި ދިރިއުޅޭ އުޓްސުލް މުސްލިމުންގެ އާބާދީއަކީ ދިހަ ހާހެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު އަބްދުﷲ ބަދަވީ އާއިލީ ގޮތުން ހައިނާންއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޗައިނާއިން ވަނީ މިތާ މުސްލިމުންގެ ބުރުގާއާއި އހެދުން އެޅުމުގެ ސަގާފަތާ ދެކޮޅަށް ނިކުމެ، އެމީހުންނަށް ފާރަވެރިވާން ފަށާފައެވެ.

ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ޗައިނާއިން އުއިގޫރު މުސްލިމުންނަށް ޝިންޖިއާންގައި ހިންގާ ޖަރީމާތަކާ ދެކޮޅަށްވެސް އަޑު އުފުލާފައެވެ.

ޗައިނާ ރައީސް ހިންގަވާ ސިނިސައިޒޭޝަން ނުވަތަ ޗައިނާވަންތަކަން ގަދަ ކުރުމުގެ ސިޔާސަތުގެ ދަށުން އެސްވެސް ދީނަކަށް އުޅޭ އެއްވެސް ދީނެއްގެ ޝިއާރު ފާޅުކުރާ ބަޔަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅައެވެ.

ދެކުނު ޗައިނާގެ ޖަޒީރާ، ހައިނާންގައި މުސްލިމުންނާ ދެކޮޅަށް ކުރާ މަސައްކަތުގައި ސްކޫލުގައި އިސްލާމީ ހެދުން އެޅުން މަނާ ކުރުމުން ކިޔަވާ ކުދިން ވަނީ މިކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.

އިއްޔެ މިސްމީޑިއާ ވައިބޯގައި މިމަންޒަރުތައް ވަނީ ވައިގައި ހިފާފައެވެ.

ހައިނާން ޖަޒީރާގެ ވެރިރަށަކީ ސާންޔާއެވެ. މުސްލިމުން ދިރިއުޅެނީ މިސިޓީގައެވެ.

ޗައިނާ އެމްބަސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ނުސްވެރިންގެ ވަފްދެއްވެސް ސާންޔާއަށް ގެންގޮސް އެތާގެ އިލެކްޓްރޯނިކް ފެކްޓްރީތައް ދައކައި ހަދާފައެވެ.

ކޮމިއުނިސްޓް ޕާޓީގެ މަސްއޫލުވެރިން ވަނީ ސާންޔާގެ މުސްލިމުންނާ ދެކޮޅަށް ފާރަލުން އިތުރު ވާނެ ކަމަށާއި އަރަބި އިސްލާމީ ވަންތަކަން ދެއްކުމަކީ މަނާކަމެއްކަމަށް އަންގާފައެވެ.

ބުރުގާ މަނާކުރުމާ ގުޅިގެން ޓިއާންޔާ އުޓުސުލް ޕްރައިމަރީ ސްކޫލު ކުދިން ވަނީ ސްކޫލު ބޭރުގައި ތިބެގެން މުޒާހަރާ ކޮށްފައެވެ. ފުލުހުންވެސް މިތާގައި ހަރަކާތްތެރިވެފައި ވެއެވެ.

ސާންޔާގައި ކޮމިއުނިސްޓް ޕާޓީން މުސްލިމުންނާ ދެކޮޅަށް އަމާޒުކޯށްފައިވަނީ ހުއިޝިންއާއި ހުއިހުއި އވަށުގައެވެ.

މިއަވަށުގެ ކޮމިއުނިސްޓް ޕާޓީން އިއްލާން ކޮށްފައިވާ ޗައިނާ ވަތަންކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، މިސްކިތްތަކުގެ ސައިޒް ކުޑަ ކުރުމާއި މިސްކިތްތަކުގައި ހުންނަ އަރަބި އިސްލާމީ ސިފަ ކަނޑުވާލުމާއި އަރަބި އަކުރުތަކުން ހުންނަ ލިޔުންތައް ގެތަކާއި ފިހާރަތަކާއި މިސްކިތްތަކުން ނެގުމާއި ޙަލާލްއާއި އިސްލާމިކް ފަދަ ނިޝާން ދައްކައިދޭ ޝިއާރުތައް ނުބެހެއްޓުން ހިމެނެއެވެ. އަދި ރައްޔިތުން މޮނީޓަރ ކުރުމަކީ، އިޖުތިމާއީ ނިޒާމު ދެމެހެއްޓުމަށް ކުރަން ޖެހޭކަމެއްކަމުގައިވެސް ބުނެފައި ވެއެވެ.

އުޓްސުލް މީހުންނަކީ އެއްވެސް ދީނަކަށް ނޫޅޭ ބައެއްކަން ޔަގީން ކުރުމަށާއި އަދި ކޮމިއުނިސްޓް ޕާޓީގައި ހިމެނޭ އުޓުސުލް މީހުން ދީނަށް އުޅޭކަން އެނގިއްޖެނަމަ، ހަރުކަށި އަދަބު ދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބުރުގާއާއި ދިފު ސްކާޓް ސްކޫލުތަކުގައި މަނާ ކޮށްފައި ވެއެވެ.

މިސްކިތްތަކުގެ މެނޭޖްމަންޓް ކޮމިޓީތަކުގައި ކޮމިއުނިސްޓް ޕާޓީގެ މެންބަރުން ހިމެނުމަށްވެސް އަންގާފައި ވެއެވެ.

އެތައް މިލިއަން މީހުން ބަންދުކޮށްގެން ކޮމިއުނިސްޓް ޕާޓީން ޖަލުތަކުގައި ގެންގުޅޭ ޝިންޖިއާންގެ އުއިގޫރު މުސްލިމުންނަށްވެސް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިފަދަ ގަވާއިދުތަކެކެވެ.