އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ 'އަންކާރާނައިޓް' ބޭއްވުމަށް ނިންމައިފިއެވެ. މި ހާއްސަ "ނައިޓް" އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައެވެ.

އެސްޓިއޯއިން ބުނީ އެ ކުންފުންޏާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިޔަށް ގެންދާ އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާގެ ރަހަ ހިލޭ ބަލާލުމުގެ ފުރުސަތު ލައިވް މިއުޒިކާއެކު ލިބިގެންދާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ 8:00 ން 10:30 އަށް ކުރިޔަށް ގެންދާ އަންކާރާ ނައިޓަށް ޒިޔާރަތް ކޮށްގެންވެސް އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީވިލާތުގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. މި ބްރޭންޑްގެޕާސްތާ ރާއްޖެއަށް އެތެރެ ކުރަނީވެސް ތުރުކީއިންނެވެ.

އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖު، ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސް އަދި އަތޮޅުތަކުގެ ފިހާރަތަކުން ލިބެން ހުރެއެވެ.

އަންކާރާ ވިޓަމިން ސީރީޒް އަކީ ހުރިހާ އުމުރުފުރައަކަށް ވެސް ވިޓަމިންސް ލިބޭނެހެން އުފައްދާފައިވާ އެހާމެ ރަނަ މީރު ޕާސްތާއެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކަމުދާނެގޮތަށް އުފައްދާފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ވައްތަރެކެވެ.

ކޮންމެ އަހަރަކުވެސް އެސްޓީއޯ އިން އަންކާރާ ނައިޓް ބާއްވަމުން އަންނައިރު މިދިޔަ އަހަރު ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ.