ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވަން މަސައްކަތްކުރައްވާ އައުޕާޓީގެ ލޯގޯ އެމަނިކުފާނު ފައިނަލް ކުރައްވައި ފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މިއީ އުފާވެރި ޚަބަރެއް ކަމަށެވެ.
ރައީސް ޔާމީންގެ މި މަސައްކަތް ހުރިހާ ބޭފުޅުން ގާތުން ބައްލަވައި އައު ޕާޓީއާ ގުޅުމަށް ތައްޔާރަށް ތިއްބެވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ޕާޓީ އުފެއްދުމުގެ މަސައްކަތް ދަނީ "ޔާން ސްޕީޑު" ގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މަލީހު ވިދާޅުވީ ޕާޓީގެ ނަންވެސް މިހާރު ވަނީ ފައިނަލް ކުރެއްވިފައި ކަމަށެވެ. އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމާޒަކީ ހުކުރު ނަމާދުގެ ކުރީން މަސައްކަތް ނިންމުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވަނީ ރައީސް ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑަރޝިޕް ބޭފުޅުން އެމަނިކުފާނުގެ ނިންމެވުން ތަކަށް ތަބާ ނުވެ ގޮންޖައްސަވަމުން ގެންދަވާތީއެވެ.
އެމަނުކުފާނުގެ ޤާނޫނީ އިސްވަކީލް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެސް ރައީސް ޔާމީންގެ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ. މީގެ އިތުރަށް ޕީޕީއެމްގެ މީހުން ޕީއެންސީއަށް ގެނައުމަށް ޑރ. މުއިއްޒު ވަނީ ފާޅުގައި އިއުލާން ކުރައްވާފައި ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ޔާމީން އަލަށް އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެން އާދީއްތަ ދުވަހު އިލެކްޝަނަށް ހުށަހަޅުއްވާނޭ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.