ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރިތާ 4 ދުވަސް ނުވެ އޭނާ މަގާމުން ވަކިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ އައްޔަންކުރެވުނީ މިމަހު 20 ވަނަ ދުވަހުގައެވެ. ނަމަވެސް އޭނާ މިހާރު މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ޔަގީން ޔަގީން ކޮށްދެއްވާފައި ވީ ނަމަވެސް މަގާމުން ވަކިކުރެއްވީ ސީދާ މިވެނި ސަބަބަކާ ހެދި ކަމެއް ވިދާޅުނުވެއެވެ. ނަމަވެސް އެސުވާލަށް ރައީސް އޮފީސް އޮފިޝަލަކު ދެއްވި ޖަވާބަކީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މީގެ ކުރިންސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަމަވެސް އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، ފަހުމީ އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން ވަކިކުރިއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަްށް ހުކުމް އިއްވުމުން ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ކޯޓަށް މައްސަލަ ހުށަހެޅިމެއެވެ.
ފަހުމީގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ ސަބަބަުން މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.