އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޓްރެއިނިންގ ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ 128 ކެޑޭޓުން ބައިވެރިވިއެވެ. މި ސެޝަންގެ ތެރޭގައި، ކެޑޭޓް ދަރިވަރުންނަށް ވަނީ ވީލްޑް ކްރާފްޓާއި އަންއާމްޑް ކޮމްބެޓް އަދި ނައިޓް ޓްރެއިނިންގއާ ގުޅޭ މަޢުލޫމާތާއި ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގައި ކިޔަވައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ސިފައިންނެވެ.