ރާއްޖޭގެ ގިނަ ކުރެހުންތެރިންގެ މެދުގައި މަގްބޫލުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ، ނ. މިލަދޫ ހައްވާ އަބޫބަކުރު (ހައްވަ ދައިތަ) ނިޔާވެއްޖެއެވެ.

މިލަދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްވަ ދައިތަ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ މާލޭގައި ކަމުގައެވެ. ނިޔާވެފައިވަނީ އައިޖީ އެމްއެޗްގައި އެޑްމިޓް ކޮށްފައި އޮއްވާކަމަށްވެސް ކައުންސިލުން މައުލޫމާތު ދީފައި ވެއެވެ. ނިޔާވިއިރު އުމުރު ވަނީ 90 އަށްވުރެ މައްޗަށް ގޮސްފައެވެ.

ހައްވަ ދައިތަ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ރާއްޖޭގެ ކުރެހުން ތެރިންގެ މެދުގައެވެ. މުސްކުޅި އުމުރުގައިވެސް އޭނާގެ ރިވެތިކަމާއި ސާދާ ކަމުން އޭނާގެ ކުރެހުންތައް ވަރަށް ގިނަ ޒުވާން ކުރެހުންތެރިން ކުރަހާފައި ވެއެވެ.