އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ގާލްގައިޑް ކޭމްޕްގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހެޑްކްއޯޓަރޒްއަށް ޒިިޔާރަތްކުރައްވައި ޓްރެއިނިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންގެ ތެރޭގައި، ޕާތު ފައިންޑިންގ އަދި މެޕް ރީޑިންގ އެކްސައިޒެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގައި ކިޔަވައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ސިފައިންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ނޮވެންބަރު 25ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ 94 ގާލްގައިޑުން ބައިވެރިވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.