އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާބައިދޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ ގުޅިގެން، ލ.މާބައިދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ލ. މާބައިދޫ ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 ން މިމަހު 25އަށެވެ. އަދި މި ޕްރޮގްރާމް އެ ރަށުގެ 31 ފަރާތަކުން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމުން ވަނަތައް ހޯދި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހުއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 1، ކެޕްޓަން ޙުސައިން ޝިފާޢުއާއި ލ.މާބައިދޫ ކައުންސިލް ރައީސް، އިބްރާހީމް ވިޝާމްއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، މެރީން ޑިޕްލޯއިމަންޓް ޔުނިޓް 7 ގެ އެކްޓިންގ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް އިބްރާހީމް ނަޒީހްގެ އިތުރުން ލ.މާބައިދޫ ކައުންސިލް މެންބަރުންނާއި، ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ އިސްމެންބަރުންނާއި ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.