އިޒްރޭލުގެ ލާއިންސާނީ އަނިޔާގައި ނެތިފަނާވަމުންދާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރެއިޒިންގ އިވެންޓެއް ބޭއްވުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އާބަންކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނިން ކުރިއަށް ގެންދާ މި ފަންޑްރައިޒިން އިވެންޓް އޮންނާނީ ހުޅުމާލެ ފޭސް 1، ރުއްގަނޑު 2 ގައެވެ.

މި އިވެންޓް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ކަމަށާއި އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށް ވެސް އާބަންކޯ އިން ވަނީ ބުނެފައެެވެ.

މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގ އިވެންޓެއް އާބަންކޯ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި، 14،000 މީހުން ޝަހީދުކޮށްލާފައި ވާއިރު، ހަމަލާތަކުގައި 36،000 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.