ރައީސް ޑރ. މުހައްމްދު މުއިއްޒުގެވެރި ކަމުގައި ނަތީޖާ ނެރެދެއްވާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިޔުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ނަތީޖާ ވެސް ފެންނާނީ ރައީސަށް ވަގުތު ދެއްވައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނަށް ވަގުތު ދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ޑރ. މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އެހެން ކަމުން އެ މުއްދަތު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މެޖޯރިޓީ ރައްޔިތުން ގެނައިވެރިކަމެއް ރުހުނަސް އަދި ނުރުހުނަސް ގާނޫނޫގައި ބުނާ ގޮތަށް ފަސް އަހަރުގެ މުއްދަތު ދޭންޖެހޭ. ނަތީޖާއަކީވެސް ވަގުތު ދިނީމާ ފެންނަ އެއްޗެއް،" ސައުދު ވިދާޅުވިއެވެ.