އަންނަ އަހަރުގެ ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފިއެވެ.
2024 ވަނަ އަހަރު ދަރަނި ދެއްކުމަށް ޖުމްލަ 2.2024 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ އިރު 2024 ވަނަ އަހަރަށް ހުށަހެޅި 49.5497 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިމަނާފައި ވަނީ 47.3166 މިބިލިއަން ރުފިޔާއެވެ.
2023 ވަނައަހަރަށް ފާސްކުރީ 42.8408 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް އަހަރުތެރޭގައި ބައެއް ސަބްސިޑީތަކަށާއި އާސަންދައަށް ކުރަން ޖެހުނު ހަރަދު އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތައް އަންދާޒާ ކުރި މިންވަރަށްވުރެ ބާރަށް ހިނގަމުން ދިއުމުގެ ސަބަބުން މިބައިގެ ހަރަދު އަންދާޒާ ކުރި މިންވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭތީ 6.5093 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ.
ވުމާއެކު މި އަހަރުގެ ޖުމްލަ ބަޖެޓްގެ އައު އަންދާޒާއަކީ 49.35 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި 47.2 ބިލިއަން ރުފިޔާ ހިމެނޭއިރު މިއީ 2022 ވަނައަހަރާ އަޅާބަލާއިރު 17.9 އިންސައްތައިގެ އިތުރުވުމެކެވެ.
2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކޮށްފައި ވަނީ 31.951 ބިލިއަން ރުފިޔާ އެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 11.9 އިން ސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ 44.7 އިން ސައްތަ އިތުރު އަދަދެކެވެ.
2024 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނޭ ކަމަށް ލަފާ ކުރަނީ 33.547 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އާމްދަނީގެ ގޮތުގައި 322.77 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭއިރު ހިލޭއެހީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 1.27 ބިލިއަން ރުފިޔާއެވެ.
2024 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައު ދައުލަތަސް ލިބޭނޭ ކަމަށް ލަފާ ކުރަނީ 33.547 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އާމްދަނީގެ ގޮތުގައި 322.77 މިބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭއިރު ހިލޭއެހީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 1.27 ބިލިއަން ރުފިޔާއެވެ.
2023 ވަނަ އަހަރާ އަޅާ ބަލާއިރު އަންނަ އަހަރު ޖުމްލަ އާމްދަނީ އިތުރުވާ ނިސްބަތް 1.0 އިން ސައްތައިގައި ހުރި ނަމަވެސް، މިއަހަރު ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބުނު އާމްދަނީ ނުހިމަނައި އަޅާ ކިޔާނަމަ އަންނަ އަހަރުގެ އާމްދަނީގެ އަންދާޒާ އަކީ މިއަހަރާ އަޅާ ބަލާއިރު 4.8 އިން ސައްތަ އިތުރު އަދަދެކެވެ.
2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ 79.4 އިން ސައްތަ ލިބޭނެ ކަމަށް ބެލެވެނީ ޓެކުހުގެ ގޮތުގައެވެ.
މެދު ރާސްތާއަށް ބަލާއިރު ޖުމްލަ އާމްދަނީ އަހަރަކު އެވްރެޖްކޮށް 7.3 އިން ސައްތައިން އިތުރު ވަމުން ދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި އިތުރުވުމަށް މައިގަނޑު ގޮތެއްގައި ހިއްސާ ކުރަނީ ފަތުރު ވެރިކަމުގެ ދާއިރާގެ ކުރިއެރުމާ ގުޅުންހުރި އެހެނިހެން ޓެކުހުގެ އާމްދަނީގެ ބައިތަކަށް އަންނަ އިތުރުވުމެވެ.
2023 ވަނަ އަހަރުގެ ޖީއެސްޓީ ރޭޓުތައް މަތިކުރުމާ ގުޅިގެން ޓެކްސްބޮޔަންސީގެ މިންގަނޑު އިތުރުވިނަމަވެސް މެދުރާސްތާގައި މި މިންގަނޑު ހުންނާނެކަމަށް ބެލެވެނީ 1 އަށްވުރެ ދަށުގައި އެވްރެޖްކޮށް 0.90 ގައެވެ.
މިއާއެކު ކުރިއަށް އޮތް ތިންއަހަރު އިގްތިސާދީ ކުރިއަރާ މިންވަރާ އެއްހަމައަކުން ޓެކުހުގެ އާމްދަނީ އަދި ކުރިއަރަމުން ދާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް 2017 ވަނަ އަހަރާއި 2019 ވަަނަ އަހަރާ ދެމެދު މި މިންގަނޑު އެވްރެޖްކޮށް ހުރި މިންވަރު ކަމުގައިވާ 0.84 އަށްވުރެ މެދު ރާސްތާގައި މަތިވާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ޓެކުހުގެ ބޮޔަންސީ ދަނީ އިތުރު ވަމުންކަން އެނގެއެވެ.
މީގެ އިތުރުން ޖީއެސްޓީ ގާނޫނު ރިވިއު ކުރުމުގެ މަސައްކަތާއި އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު މިއަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު މި ބަދަލުތައް ތަންފީޒު ކުރެވިއްޖެނަމަ މިމިންގަނޑު އިތުރު ކުރުމަށް ބާރު ލިބޭނެއެވެ.