ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިއަދު ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނޭ ކަމަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ނިމޭނޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒައިނެވެ. ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާނެެ ވަގުތެއް ހާމަަކޮށްފައެއް ނުވެއެވެ.

އަލަށް އުފައްދާ މިޕާޓީއަށް މެމްބަރުން ވެއްދުމަށް ފޯމު ފުރުމުގެ މަސައްކަތް އެޕާޓީގެ އޮފީހުގައި މިހާރުވެސް ދަނީ ކުރިއަށެވެ. ޕާޓީ އުފެއްދެވުމުން އެންމެވެސް އެޕާޓީއަށް ވަނުމަށް ތައްޔާރަށް ތިއްބެވުމަށް ރައީސް ޔާމީނާ ހަވާލާ ދެއްވައި މަލީހުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން އައު ޕާޓީއެއް މިއުފައްދަވަނީ ޕީއެމްގައި އެމަނިކުފާނުގެ ބަހެއް ނުވިކޭތީ ކަމަށް ވެއެވެ.