ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އެމްޑީކަމަށް ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.

ޝިމާދު އެމްޑީ ކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ އެސްޓީއޯގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. ޝިމާދު މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ އެކައުންޓިން ދާއިރާއިންނެވެ. އޭނާވަނީ ކުރިން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޕްރައިވެޓް ސެކްޓާރގަވެސް މަސައްކަތް ކުރައްވާފައެވެ،

އެސްޓީއޯގެ އެމްޑީކަމުގައި އެންމެ ފަހުން ހުންނަވާފައިވަނީ އަބުދުﷲ ސައީދުއެވެ. އޭނާ އެމަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހަމަޖެއްސެވީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މަގާމުން ވަކި ކުރައްވާފައެވެ،