ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންނެވި ގޮތަށް ހިޔާފުލެޓު ހަދަން އެތަންތަނުގެ ވެރީން ޚަރަދުކުރި ފައިސާ ލިބޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުުލް ރަޝީދު ދެއްވަައިފިއެވެ.

ފަޒުކުރެއްވި އެކްސްއެއްގައި މިހެން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވައުދުވެ ވަޑައިގެންނެވިި ގޮތަށް އެކަން ނުކުރައްވާނޭ ކަމަށް މީޑިއާގައި ޚަބަރު ފެތުރެން ފެށުމުންނެވެ.

ކުރުސީ.ކޮމް ގައި ލިޔެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓަކާއެކު ފަޒުލް ކުރެއްވި އެކްސްއެއްގައި ވިދާޅުވެފައިވަނީ "ރައީސް ޑރ. މުއިއްޒު ވައުދުވި ގޮތަށް ހިޔާފުލެޓުތައް ހަދަން ޚަރަދުކުރި ފައިިސާ ހިޔާފުލެޓުގެ ވެރީންނަށް ލިބޭނޭ ކަމުގެ ފުރިހަމަ އަރުވަން،" ކަމަށެވެ. އޭގެ އިތުރުން ކުރުސީ.ކޮމް އިން ގެނެސްދީފައިވާ ޚަބަރަކީ ދޮޮގެއް ކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފަައެވެ.

އޭގައި ބުނެފައިވަނީ "ހިޔާފުލެޓުގެ ފިިނިޝިިންއަށް ދޭން ވައުދުވި 200000 ރުފިޔާ ނުދޭން ނިންމައިފި" ކަމަށެވެ. އެގައި ފައިސާގެ އަދަދު ލިޔެފައި އޮތަސް ފަޒުލްގެ އެކްސްގައި ފައިސާގެ އަދަދެއް ހާމަކުރައްވާފައެއް ނުވެއެވެ.