ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ނާޒިރު ހަމަޖައްސައިފިއެވެ.

އެމަނިކުފާނު މީގެކުރިން ހުންނެވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

މީގެއިތުރުން މިއަދު ސްޓެލްކޯއިން ވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނާޒިރު ހަމަޖެއްސުމާ ގުޅިގެން އެ ކުންފުނީގެ ބޯޑާއި އިސްވެރިންނާއި މުވައްޒަފުންގެ ނަމުގައި އެމަނިކުފާނަށް މަރުހަބާ ކިޔައިފައެވެ.

މިހާރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ހުސައިން ފަހުމީއެވެ. އެމަނިކުފާނަކީ ސްޓެލްކޯގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.