މާލޭ ބޮޑުތަކުރުފާނު މަގުގައި މީގެ އިރުކޮޅެއް ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްކަމަށް އެނގިފައިވާއިރު، އަންހެނަކާއި ދެ ފިރިހެނެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްއެވެ. ސޯޝަލްމީޑީޔާގައި ދައުރުވަމުންދާ ވީޑިޔޯ ފޮޓޯތަކުން ފެންނަ ގޮތުގައި ތިންމީހުންގެ ވެސް މޫނު، އަނގަމަތި، ލޯ، މިހެން ގޮސް މުޅި މޫނަށާއި ބޮލަށް އަނިޔާވެ، ބޮލުންވެސް ދަނީ ގިނަ އަދަދަަކަށް ލޭފައިބަމުންނެވެ.

މިހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ފުލުހުންގެ ބަހެއް ހޯދަން ގުޅަން އުޅުމުން ކާމިޔާބު ވާގޮތެއް ނުވެއެވެ.