އެކުވެރި ޢަރަބި އިމާރާތުގައި ކިޔވަންތިބި ދިވެހި ކުދީންނާއި. އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ބައްދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުމުގައި 200 އަށްވުރެ ގިނަ ދިވެހީން ބައިވެރިވި ކަމަށެވެ.

އެގައުމުގައި ތިބި ދިވެހީންނާ ރައީސް ބައްދަލު ކުރެެއްވީ އދ.ގެ ޕާޓީތަކުގެ 28ވަނަ ކޮންފަރެންސް (ކޮޕް28) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް މިހާރުކުރައްވަމުން ގެންދަަަވާ ދަތުރުފުޅުގައެވެ.

އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.