އާދަޔާހިލާފަށް ހެޔޮއަގުތަކާއެކު ބްރަދަހުޑް ގުދަން ސޭލް ފަށައިފިއެވެ.

އަހަރުގެ މިހިސާބުގައި މިފަދަ ސޭލްއަކުން ފުރުސަތު ލިބުމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް އުފާވާ ކަމެކެވެ. ސަބަބަކީ އައު އަހަރު ފެށެން އަންނައިރު ގިނަ ކަންތައްތަކެއް އައުކޮށްލަން ބޭނުންވެފައި ތިބޭ މިފަދަ ދަނޑިވަޅެއްގައި އެ ފުރުސަތު ލިބުމެވެ.

ހާއްސަކޮށް ބްރަދަރހުޑްގެ މި ސޭލްއިން ލިބެން ހުރި ތަކެތީގެ ތެރޭގައި ގެއަށް ބޭނުންވާ މުހިންމު ތަކެތި އާދަޔާ ހިލާފަށް ހެޔޮއަގުގައި ލިބެން ހުރިކަން ފާހަގަކޮށްލަމެވެ.

"އެނދުގެ ފޭއްޔާއި ބާލީހުއުރަތައް އާ އަހަރަށް ބަދަލުކޮށްލަން ވަރަށް ބޭނުންވެފައި ހުރީ، އެކަމަކު އެއްފަހަރާ ހަތަރުފަސް އެނދަކަށް ސާމާނު އާކުރަން ވީމަ އެހާ އަގުބޮޑުކޮށް ނުވާނެތީ ރޯދައަށް އާކޮށްލާނަމޭ ހިތައިގެން ތިބީ، އެހެން ތިއްބާ މިތަން އޮތްކަން އެނގުނީ،" ވިޔަފާރި ކުރަން ތިބި އަންހެނުންތަކެއް އުފާވެފައި ހިއްސާކޮށްލީ އެމީހުންގެ ހިތްހަމަޖެހުމާއި ތަނުން ލިބެން ހުރި ކޮލިޓީރަނގަޅު ތަކެތީގެ އަގުހެޔޮކަމުގެ ވާހަކައެވެ.

"ބަދިގެ ސާމާނު ގަންނަން ވެފައި ހުއްޓާ އަގުހެޔޮކޮށް، އެވެސް މިހާބޮޑަށް ހެޔޮއަގުގައި، އެހާ ކޮލިޓީތަކެތި، ލިބުނީމަ ކިހާ އުފަލެއް ވާނެ، ނަސީބެއް ކުރިން އާދެވުނުކަން، ވަރަށް ލިމިޓްކޮށް ހުރި ސާމާނުތަކެއްކަމަށް ވަނީ، ދެން ވަރަށް ރަނގަޅު ފުރުސަތަކާ މިދިމާވީ، ބަދިގެ ސާމާނު އައުކޮށްލަން އައިސް ސެންޓުފުޅިކޮޅެއްވެސް ގަނެލައިފިން. ސުކޫލު ދަބަސްތައްވެސް އައުކޮށްލީ މި،"

ގޭތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި ބަދިގެއަށް ބޭނުންވާ ސާމާނު ވަރަށް ހެޔޮ އަގުގައި މި ސޭލްއިން ލިބެން އެބަހުުއްޓެވެ. އެނދާ ބެހޭ ސާމާނު، އެނދުގެ މިލަފޭލި، ބާލީހުއުރަތައް ވެސް ހަމަ އެހާ އަގުހެވެވެ. ސުކޫލު ކުދިންގެ ދަބަސްތަކާއި މީރުވަސް ދުވާ ސެންޓުވެސް ލިބެން އެބަހުއްޓެވެ.

90 އިން ސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭ މި ސޭލް ހުޅުވިފައި އޮންނާނީ މި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ބްރަދަރހުޑްގެ މިސޭލް ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަފްތާބަންދަށް ހާއްސަކޮށް ލިބޭ ހަދިޔާ ދޫކޮށްލާވަރެއް ނޫނެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހަށް ހާއްސަ ކޮށްގެން -/500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ހަދިޔާއެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބްރަދަރހުޑްގެ މިސޭލް ކުރިއަށްދާނީ މައްޗަންގޯޅި ދިލްބަހާރުގޯޅި ތެރޭގައެވެ.

ހުޅުވާފައި ހުންނާނެ ގަޑިތަކަކީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.

މިއީ ލިމިޓެޑް ސްޓޮކެއް ކަމުން ބޭނުންވެލައްވާ ސާމާނު ހުސްވުމުގެ ކުރިން އަވަހަށް ވަޑައިގަންނަވާށެވެ!