ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ ބޭސްތަކެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

އެ ކުންފުނި ވަގުތީ ގޮތުން ބޭން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނިންމާފައިވާއިރު ދުނިޔޭގެ އެހެން ގައުމުތަކުންވެސް ވަނީ އެ ކުންފުނީގެ ބޭސްތަކުން މި ކެމިކަލް ފެނިފައިއެވެ.

އެހެންކަމުން، އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަަށް ވަނީ ބުނެފައިއެވެ.

ދިޔާ ބޭހާއި ގުޅަ ބޭސްވެސް ހިމެނޭގޮތަށް 27 ބޭހެއް ވަނީ މަނާކޮށްފައެވެ.