ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ އެވޯޑް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުނީ ރޭ ދުބާއީގެ ބުޖުރު އަލް އެރެބް ހޮޓަލުގައި ބޭއްވި ޓޫރިޒަމް ދާއިރާއިން ދޭ ދުނިޔޭގެ އެންމެ މަގުބޫލު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެންނެވެ. އޭގެ ތެރޭގައި

  • އަބޫދާބީގެ ދުބާއީ،
  • އޮސްޓްރޭލިއާ،
  • އިންޑިޔާ،
  • ކެނެޑާ،
  • ސްޕެއިން
  • އިންޑޮނޭޝިއާ

މިފަދަ ފަތުރުވެރިކަމުގެ ދާއިރާގާއި ދުނިޔޭގައި ނަން ހިނގާ ބޮޑެތި ގައުމުތައް ހިމެނެއެވެ.

ރޭގެ ހަފްލާގައި ދުނިޔޭގެ ލީޑިންގް ޓޫރިޒަމް ބޯޑުގެ އެވޯޑް ވިދިވިދިގެން ދެ ވަނަ ފަހަރަށް ލިބުނީ މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކު ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށެވެ. ސްޕެޝަލް އެޗީވްމަންޓް އެވޯޑް ލިބުނީ އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ ތޮއްޔިބު މުހައްމަދަށެވެ. ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާ އެވޯޑު ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސީޕްލޭން އޮޕަރޭޓާގެ އެވޯޑް ހާސިލުކޮށްފައި ވަނީ ރާއްޖޭގެ، ޓީއެމްއޭއިންނެވެ.

ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީއިން ރާއްޖެއަށް މި އަހަރު ޖުމުލަ 11 އެވޯޑެއް ލިބުނެވެ.

އެއީ:

  • ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް (ހަތަރު ވަނަ ފަހަރަށް)
  • ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު: އެމްއެމްޕީއާރުސީ
  • ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާން މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
  • ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލޭ އައިލްޑް ހޮޓެލް
  • ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް: ހޮޓެލް ޖެން
  • ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  • ވޯލްޑް ލީޑިން ލަގްޒަރީ ހަނީމުން ރިސޯޓް: ވައްކަރު މޯލްޑިވްސް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ވޮއްމުލި މޯލްޑިވްސް
  • ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް: ވެލާ ޕްރައިވެޓް އައިލެންޑް
  • ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލް މޯލްޑިވްސް
  • ރިސޯޓް އެންޑް ސްޕާވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް