ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
އީވާ އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އީވާ ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ.
އެކަމަނާގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުއެވެ.
އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި އީވާ ވަނީ ވާހަކަފުޅު ދެއްކެވުމަށްފަހު އިވާ ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އަދި މި ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ގާނޫނަކާވެސް ހިލާފުވެފައިނުވާނެ ކަމަށެވެ.
މަޖިލިހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރަން މަޖިލިހަށް ހުށަހެޅުމުން އެމަނިކުފާނު ވެސް ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ