ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކުރަމުން ފުލުހުން ދެންމެ ބުނެފައިވަނީ، ފެނިފައިވަނީ އެ ރަށު ކުނިގޮނޑުން ކަމަށާއި އެކަމުގެ މަޢުލޫމާތު ލިބިފައިވަނީ 09:20 ހާއިރު ކަމަށެވެ.

"ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ފުރާނަ ނެތްކަން ޑަކުޓަރު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.