ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އިންޑިއާއިން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ތުރުކީއަށާއި ކޮޕް28 ސަމިޓުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އެކަމަށް އެއްބަސްވުމުން އެގައުމުގެ ސިފައިން ރާއްޖެއިން ބޭލޭނޭ ކަމުގެ ޔަގީންކަން ލިބުވަޑައިގެންފައިވާ ކަމަށެވެ.

"ކުރިން ކުރެވުނު މަސައްކަތާއި މިއަދާއި ހަމައަށް އައިއިރު ކުރެވުނު މަަސައްްކަތާއި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނާއެކު އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދަވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަބާދުވެސް އިސްކުރައްވާނީ ދިވެހި ގައުމާއި ގައުމާ ގުޅޭ މަސްހަލަތު ކަމަށެވެ.

"ދިވެހިން އަޅުގަނޑަށް ފުރަތަމަ އަންނާނީ އެހެން ގައުމެއްގެ ރައްޔިތުންނެއް، އެހެން ގައުމެއް ނާންނާނެ އަޅުގަނޑުގެ ކުރިމަތީގައި އެހެން ގައުމެއްގެ ކުރިއަކަށް،"
ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ ޑިޕްލޮމެސީގެ ރިވެތި އުސޫލުން އެކަން ކުރަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.