ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހޮވައިފިއެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓަރި ގުރޫޕުން ނެގި ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވީ ދެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.

އެގޮތުން އެ ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 26 ވޯޓެވެ. އަދި ރޮޒެއިނާއަށް ލިބުނީ 23 ލިބިވަޑައިގަންފައިވާއިރު ޖާބިރަށް ލިބިވަޑައިގަތީ އެންމެ ހަތަރު ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.