ސިންސަނާޓީ ގެ ސިޓީއެއް ކަމުގައިވާ އޯހައޯ އިން މި ފަހުން މި ވަނީ ދިރާސާއެއްކޮށް އާ ހޯދުމެއް ހޯދާފައިއެވެ. ސިންސަނާޓީ ޗިލްޑްރެން ހޮސްޕިޓަލް މެޑިކަލް ސެންޓަރ ގައި މަސައްކަތް ކުރާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ލައުރާ ވާރޑް ބުނެފައިވަނީ މި ދިރާސާއަކީ އަދިވެސް ކުރިއަށް ދާ ދިރާސާއެއް ކަމަށެވެ. އޭނާ ބުނެފައިވަނީ '' ބްރެސްޓް މިލްކް '' ގައި ފުއްޕާމޭގެ ބަލިތަކާ ހަނގުރާމަ ކޮށް އެފަދަ ބަލިތަކުން ދިފާއު ކޮށްދޭ ފަދަ އެންޓިބޮޑީޒް ހުންނަކަން ޔަގީން ވާވަރަށް މިހާރު ހެކި ލިބިފައިވާ ކަމަށެވެ.

މި ދިރާސާގެ ސަބަބުން ކޮވިޑް 19 އަށް ފަރުވާ ހޯދާފައިވާ ގިނަ މަންމައިންނަށް ވަނީ އެމީހުންގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ހިތްވަރު ލިބިފައެވެ.

މިދިޔަ ނޮވެމްބަރު މަހު ކޮވިޑް 19 ޖެހިފައިވާ މަންމައަކު ކަމުގައިވާ ޑެބީ ބުނެފައިވަނީ މި ޚަބަރަކީ ވަރަށް ވެސް އުފާވެރި ހަބަރެއް ކަމަށެވެ. އޭނާގެ ދަރިފުޅަކީ އެއްފަހަރު ކޮވިޑަށް ''އެކްސްޕޯޒް'' ވެފައިވާ ކުއްޖެއްކަމަށާއި، އޭނާގެ ދަރިފުޅު ގެ ދިފާއި ނިޒާމު ވަރުގަދަ ކޮށްދީ ދެވަނަ ފަހަރަށް ކޮވިޑަށް'' އެކްސްޕޯޒް'' ވެއްޖެ ނަމަ އެންޓިބޮޑީޒް ދަރިފުޅު ދިފާއު ކޮށްދޭނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ޑެބީ ވަނީ އޭނާގެ ދަރިފުޅު އެހެން ޑައެޓެއް ފެށުމުން އޭނާގެ ''ބްރެސްޓް މިލްކް'' ފޭސްބުކް މެދުވެރިކޮށް އެހެން މަންމައިންނާ ހިއްސާކޮށްފައީއެވެ. ކިރު ނެތް މަންމައިން ވަނީ މި ކިރު އުފަލާއެކު ބަލައިގަނެފައިއެވެ.

މިގޮތަށް ގޮތްނޭނގޭ މީހެއްގެ އަތުން ކިރު ހޯދާއިގެން އުޅުމުގެ ތެރޭގައި ޖަރާސީމު އަދި ވައިރަސް ފެތުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ބައެއް ޑޮކްޓަރުން ވަނީ މިފަދައިން ކަންތައް ނުކުރުމަށް ނަސޭހަތްތެރިވެފައިއެވެ.