އާންމުކޮށް އެންމެންވެސް އަބަދުވެސް މޫނު ރީތިކޮށް ނަލަކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ހަށިގަނޑުގެ އެހެން ހުރިހާ ތަނަކަށްވުރެ އާންމުންގެ ސީދާ ނަޒަރު ހުއްޓޭނީ މޫނަށް ކަމަށް ވާތި މޫނުމަތީގެ ޗާލުކަމަށް ހާއްސަކަމެއް ދެވެނީއެވެ. އަދި މޫނަށް ސަމާލުވާވަރަށް އެހެންކަމަކަށް ސަމާލުނުވެވޭ ކަމީ ވަރަށް ދެރަ ހަގީގަތެކެވެ.
ސަބަބަކީ އަހަރެމެންގެ ތެރޭގައި ގިނަ މީހުން، އަނެއްމީހާގެ "ޕަރސަނަލަޓީ" ދެނެގަތުމަށް މޫނު ފިޔަވައި އެހެނިހެން ކަންތައްވެސް ބަލާނެއެވެ. އެގޮތުން ފައިތިލައަކީ ވަރަށް ގިނަ މީހުން އަނެއް މީހާގެ ސާފުތާހިރުކަމަށް ފާޑުކިޔައި، ދެނެގަންނަން ބަލައި ހާއްސަ ނަޒރެއް ދޭ ތަނެކެވެ.
އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އިހުމާލުވާ އެއް ތަނަކީ އަހަރެމެންގެ ފައިތިލައެވެ. ހަމައެކަނި މަހަކު އެއްފަހަރު ސެލޫންތަކުން ބޮޑު އަގުގައި ޕެޑިކިއޯ، މެނިކިއޯ ހެދުމަކުން ފައިތިލަ ރީއްޗެއް ނުކުރެވޭނެއެވެ.
"މީހާގެ ސާފުތާހިރުކަން އެނގޭނެ ފައިތިލައަށް ބަލާލީމަ،" މިއީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއްތާއެވެ. ނިކަން މޮޅު، މުޖައްރިބު އުކުޅެއް ބުނެދެން ހެއްޔެވެ.
ބޭނުންވާނެ ތަކެތި
- ކޯކްފުޅިއަކުން 1 ތަށި ކޯކް
- ކޯންސްޓާޗް 1 ސައިސަމުސާ
- ސައިބޯންޏެއް (ހިމުންކޮށް ގާނާފައި)
- ކޮފީ ސަމުސަލެއް،
ތެއްޔަކަށް އެޅުމަށްފަހު އުނދުމައްޗަށް އުދައި މަޑުގިނީގައި ކައްކާށެވެ. ރަނގަޅަށް އޮލަވުމުން އުނދުން ނިއްވާލާށެވެ.
އަދި މި "ޖެލް" އިން ފައިތިލައިގައި ރަނގަޅަށް ހާކާލާށެވެ. ރޭގަނޑު ނިދުމުގެ ކުރިން ހޭކިޔަަސް އެންމެ ރަނގަޅެވެ. ޖެލް ހޭކުމަށްފަހު ޕްލާސްޓިކް ކޮތަޅެއް ނޫނީ، އެކަހަލަ އެއްޗަކުން ފައިތިލައިގައި އޮޅާލައި އޭގެ މަތިން އިސްޓާކީނެއް ލާށެވެ.
ރޭގަނޑުގެ ނިދުމަށްފަހު ހެނދުނު ތެދުވެ ނޫނީ ދުވާލު ވިޔަސް 2 ގަޑިއެއްހާ އިރުގެ އަރާމުކޮށްލުމަކަށްފަހު ދެން ފައިތިލައަށް ބަލާލަބަލާށެވެ.
ތާފަނާ ފެންފޮދަކުން ރަނގަޅަށް ދޮވެ ހިއްކާށެވެ.އަދި ކޮންމެވެސް މޮއިސްޗަރައިޒް ކްރީމެއް ނުވަތަ ތެޔޮފޮދެއް ހާކާލާށެވެ.
އަޅެ ރީއްޗެއް ނޫންހެއްޔެވެ؟
މަރުވެފައިހުރި ހަންކޮޅުތައް ނެއްޓި، ހަންގަނޑު ކުރަކިވެ ހަލާކުވެފައި ހުރި ތަންތަން އޮމާންވެ ސާފުވާނެއެވެ. ބޭނުންވަނީ މި ފަރުވާ ހަފްތާއަކު ދެފަހަރު ނަމަވެސް ފައިތިލައަށް ދިނުމަށް ސަމާލުވުމެވެ.
(މައުލޫމާތު: ބިއުޓީހެކްސް&ޓިޕސް، މައިޓިޕްނޯޓްސް)