ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާއި ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ކުލިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކުޑަކޮށްދެއްވައިފިއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދުގެ ކެބިނެޓް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި ބޮޑެތި މި ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ނިންމެވި ބޮޑެތި ނިންމުންތަކުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ދިޔަ ދެ ލައްކަ ރުފިޔާ ކެނޑޭ ކަހަލަ އުސޫލެއްގެ ދަށުން ހިޔާ ފްލެތްތަކަށް މިހާރު ދައްކަމުން އަންނަ ކުލި 5400 އިން 3900 އަށް ކުޑަކުރަން މިއަދު ކެބިނެޓުން ނިންމި ކަމާއި ވިނަރެސް ފްލެޓްތަކުގެ ޑައުން ޕޭމަންޓް 50 އިންސައްތަ ކުޑަކޮށް އަދި އެވްރެޖްކޮށް ވިނަރެސް ފްލެޓްތަކުގެ ކުލިން 4200 ކުޑަވާނެ ގޮތަށްވެސް ކެބިނެޓުން ނިންމިއެވެ.

ރަށްރަށުގެ ހައުސިން ޔުނިޓްތަކަށް ބަލާއިރު ހުރިހާ ރަށެއްގައިވެސް 3330 އަގު ކުޑަކޮށްދޭން މިއަދު ކެބިނެޓުގައި ނިންމި ކަމުގައިވެސް ރައީސް އިއުލާނުކުރެއްވިއެވެ.