ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުﷲ އަލްއަޖަލީން އަލްޑޯސަރީ، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއަށް ވަޑައިގެން ސައުދީ ސަފީރު، މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމްއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަށް ސައުދީއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ވަޒީރު ޝިޔާމް ވަނީ މަސްވެރިކަމާބެހޭ ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާ ޑައިވާސިފައި ކުރުމުގެ ގޮތުން ސައުދީގެ އެހީގައި ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާއި ހިއްސާކުރައްވައި ސައުދީގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.