އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން ފަައިނަލް ކުރުމުގެ ގޮތުން، އެ ޕްލޭންގެ ޒިންމާތައް ހަވާލުކުރެވިފައިވާ މުއައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި މިއަދު ބޭއްވި މި ބައްދަލުވުން ފަށްޓަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީއެވެ.

އެމްއެންޑީއެފް އެފްއާރުއެސްއާއެކު، މި ބައްދަލުވުމުގައި އެމްއެންޑީއެފް މެޑިކަލް ކޯރ، މޯލްޑިވްސް ޕޮލިސް ސަރވިސް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އައިޖީއެމްއެޗް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މޯލްޑިވްސް ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އަދި އޭޑީކޭ ހޮސްޕިޓަލުގެ ބޭފުޅުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެެވެ.

މި ބައްދުލުވުމުގައި، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގެ ޒިންމާތައް ހަވާލުރެވިފައިވާ މުއައްސަސާތަކުގެ ޒިންމާތަކާ ބެހޭގޮތުން މަޝްވަރާކުރެވި، އެ ޒިންމާތައް ފައިނަލްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.